Saturday, May 10, 2014

ތިޔަރީތަކުގެ އަލީގައި ކިޔަވައިދިނުން

ތިޔަރީތަކުގެ އަލީގައި ކިޔަވައިދިނުމުގައި އަޅުގަނޑު އަމިއްލައަށް ބޭނުންކުރާނެ ފައްސަފާއެއް

އެޑިއުކޭޝަނަލް ސައިކޮލަޖީގެ ތެރެއިން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތަފާތު ތިޔަރީތައް މިއަދުމިވަނީ އުނގެނުމާއި އުނގަންނައިދިނުގެ މާހައުލަށް ހުޅުވާލެވިފައެވެ. މިގޮތުން ތަފާތު ތިއަރީތަކުގެ އަލީގައި  ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ދަސްވެގެން ހިނގައްޖެއެވެ. އެހެންކަމުން މިކަންތައްތަކުގެ އަލީގައި ކިޔަވައިދިނުމުގައި އަޅުގަނޑު އަމިއްލައަށް ބޭނުންކުރާނެ ފައްސަފާއެއް ނުވަތަ ގޮތްތަކުގެ ތެރެއިން ބައެއްކަންތައްތައް މިތަނުގައި ހިމަނާލާނަމެވެ.
 ބިހޭވިއަރަލް ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ނަހަދާ ކުލާހަށްއައި ކުދިން ފިލާވަޅު ނިންމުމަށް މަޑުކުރުވުމުން ކުރިއަށް އޮތް ގަޑިތަކުގައި އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި އެކަމުގެ ރެސްޕޮންސްއެއްގެ ގޮތުން ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. ވުމާއެކު މިގޮތަށް މިކަންކުރުމުގައި ދަރިވަރުން ލައްވާ ގޮތްތަކެއް ކަނޑައެޅުން ވަރަށް މުހިންމެވެ. ދަރިވަރުންގެ ޚިޔާލު ހޯދައިގެން، އެކުދިން ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަމާއި،ފޮތް ނުގެންނަމަ ދޭނީ ކޮންކަހަލަ އަދަބެއް ކަމާއި،  މިފަދަކަންކަން މުދައްރިސްގެ އެހީއާއިއެކު ދަރިވަރުން ލައްވާ ނިންމުވާނީއެވެ. މިފަދަ ކަންތައް މުދައްރިސް ކްލާހަށް ދާ ފުރަތަމަ ދުވަހު ނިންމާ ކިޔަވައިދޭން ފެށުމުގެކުރިން ކުލާސްތެރޭ ކުދިންނަށް ފެންނާނެ ގޮތަށް  ހަރުކުރާނީއެވެ. މިގޮތަށް މިކަންކުރުމުން އަދަބު ދިނުމުން ކުއްޖާ މުދައްރިސްދެކެ ރުޅިނައިސް އެކުދިން އަމިއްލައަށް ލިބުނު އަދަބެއްގެ ގޮތުގައި އެކަން ދެކުމުން، މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ، ކުއްޖާ ކުރި ކުށަށް އަދަބު ލިބިގެން ދާނެއެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓްން ދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި މިގޮތަށް ކަންތައް ކުރެވިގެންދިއުމާއެކު މިރެސްޕޯސް ކުދިންގެ ކިބައިން ހޯދުމަށް ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. ަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާގޮތަކަށް ފިލާވަޅު ރާވާ، ސްކީމް ރޭވުމުގައިވެސް މިގޮތަށް ފިލާވަޅު ކުރިއަށް ގެންދެވޭގޮތަށް ސްކީމްގައި ކަނޑައަޅާފައި ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން އެ ފިލާވަޅުތައް ގިނަ ދުވަހަށް ހަދާން ހުންނަ ގޮތަށް ވާހަކަ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ. މިގޮތުން  އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެކުދިނަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ހަރުދަނާ ކެރޭ، ހީވާގި ކުދިންތަކެއް މުދައްރިސުންނަށް އުފެއްދޭނެއެވެ.
ބަނޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ކުއްޖާގެ ސުލޫކަށް ބަދަލުގެނުވައެވެ. ވުމާއެކު ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަންވާނެއެވެ. މުޖުތަމަޢުގެތެރެއިންނާއި، މާޙަޢުލުން ކުއްޖާއަށް ފޯރާފާނެ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއްގޮތަކީ ސެލްފް ރެގިއުލޭޝަންއެވެ. މީގެސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ލަޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި އިހުސާސްތައް އަދި ސުލޫކު ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދެވޭނެއެވެ.
މޯޓިވޭޝަން ތިއަރީއަކީ އުނގަންނައިދިނުމުގައި ވަރަށް މުހިއްމު ތިއަރީއެއް ކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމެއް ޝައުޤުވެރިކަމާއެކު ކޮށްގެން ކަމަށްވާތީއެވެ. ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި މި ތިއަރީގެ އަލީގައި ކުދިން ފިލާވަޅުތަކަށް ޝައުޤުވެރި ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. މިގޮތުން، އުނގެނުމަކީ ކުދިންނަށް މާނަހުރި އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ މިޒާޖާ ގުޅޭ ކުދިން ގަޔާވާ ޓާސްކުތަކެއް ދެވިދާނެ އެވެ. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ވާނެހެން ފުރުޞަތު ދެވިދާނެއެވެ. ހަމައެހެންމެ ކުދިންގެ މަސައްކަތަށް ހިތްވަރުދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ދަރިވަރުންނަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާޙައުލެއް ޤާއިމްކުރުމަކީ ވެސް ވަރަށް މުޙިއްކު ކަމެކެވެ
       ކޮންސްޓްތަކްޓިވިސްޓް ޕާރސްޕެކްޓިވްސް ތިޔަރީ ބުނާގޮތުން  އުނގެނުމަކީ ކުއްޖާ ކިޔެވުމުގެތެރޭގައި ބައިވެރި ކޮށްގެން ނުވަތަ އެކަމުގެ ތެރެއަށް ވައްދައިގެން ކިޔަވައިދިނުމެވެ. މުދައްރިސް ކުދިންނަށް ކަންކުރަންވީ ގޮތުގެ އިރުޝާދު ދެމުން ގެންދާނީއެވެ. އެކަން ކުރާބަޔަކީ ކުދިންކަމުގައި ހަދާނީއެވެ. މިސާލަކަށް: ޕައިޗާޓް ކުރަހަންވީގޮތް މުދައްރިސް ބުނެދިނުމުން ދަރިވަރުން އަމިއްލައަށް ޕައިޗާޓް ކުރަހާނީއެވެ.
     މަތީގައި ބަޔާންކުރެވުނު ތިއަރީތަކަށް ބަލާއިރު މިއިން ކޮންމެ ތިއަރީއަކީވެސް އުނގަންނައިދިނުމުގައި ދަރިވަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިދޭނެ ތިއަރީތަކެކެވެ. ވުމާއެކު އަޅުގަނޑު ކިޔަވައިދިނުމުގެ އުޞޫލުތައް ބިނާކުރާނީ މަތީގައިވާ ތިއަރީތަކަށް ރިޢާޔަތްކޮށް ދަރިވަރުންނަށް އުނގެނުމަށްފަހި މާހައުލެއް ހޯދައިދިނުމަށެވެ.

ރެފަރެންސް
ކެންޑްރާ ޗެރީ .(2014). ތިއަރީޒް އޮފް މޯޓިވޭޝަން. އަބައުޓް ޑޮޓްކޮމް ސައިކޮލޮޖ                              

Friday, April 11, 2014

މޯޓީވޭޝަން ތިއަރީ
މޯޓިވޭޝަން ނުވަތަ ޝައުގުވެރިކަމަކީ ކޮންމެ މީހަކު ކޮންމެ ކަމެއް ކުރި ކަމުގައިވެސް ވަރަށް މުހިންމު ކަމެކެވެ. ޚާއްސަކޮށް އުނގެނުމުގެ ދާއިރާގައި ދަރިވަރުން މޯޓިވޭޓް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މޯޓީވޭޝަން ނުވަތަ ޝައުގުވެރިކުރުމުގެ މި ނަޒަރިއްޔާތުގައިވަނީ ސަމާލުކަން ލިބޭފަދަ ޝައުގުވެރިވާނެގޮތަށް އުނގަންނައިދިނުން ބައްޓަން ކުރެވިދާނެ ގޮތްތަކެކެވެ. އެހެންކަމުން ދެވައްތަރެއްގެ މޯޓިވޭޝަންވެއެވެ. އެއީ:
1-      އިންސްޓްރިންސިކް މޯޓިވޭޝަން: މިއީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ބަހާތަކުން މޯޓިވޭޓް ކުރުމެވެ.
މިއީ އިންސާނާ ހެދިބޮޑުވުމަށްޓަކައި ބޭނުންވާ ބޭނުންވުންތަކާއި އޭނާ ބޭނުންނުވާ ކަންތައް ފުރިހަމަވުމަށްޓަކައި ބޭނުންވާ ބޭނުންވުންތަކެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައި ބޭނުންވާ ކަންތައްތަކެވެ. ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި މި މޯޓިވޭޝަންގައި އިންސާނާގެ އުޅުމަށް (ބިހޭވިއަރ) އަށް އަންނަ ބަދަލުތައް ހިމެނެއެވެ. މިސާކލަކަށް ރުޅި، އުފާ    
2-      އެކްސްޓްރިންސިކް މޯޓިވޭޝަން: ހާލަތާއި ގުޅިފައިވާ މޯޓިވޭޝަން
މިއީ އިނާމެއް ހޯދުމުގެ ބޭނުމުގައި ނުވަތަ މުދައްރިސުންގެ ރުހުން ހޯދުންފަދަ ނޫނީ އަދަބަކުން ސަލާމަތްވުން ފަދަ ކަންކަމުގެ ބޭނުމުގައި ކަމަކަށް ބަހައްޓާ ޝައުގުވެރިކަމެކެވެ.  މިފަދަ ޝައުގުވެރިކަން އަބަދުވެސް ގުޅިފައިވަނީ ރިވާރޑަކާއެވެ.


Wednesday, March 12, 2014

ކޮގްނިޓިވް ލާރނިންގ ތިއަރީގެ ޕްރިންސިޕަލްތައް

ކޮގްނިޓިވް ލަރނިންގ ތިއަރީގެ ޕްރިންސިޕަލްތަކަށް ވިސްނައިގެން ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މިތިއަރީގެ ޕްރިންސިޕަލްތަކުގެ އަލީގައި ކިޔަވައިދިނުމުން އުނގެނުމަކީ މާނަ ހުރި އެއްޗަކަށް ވެގެންދެއެއެވެ. އެއީ ބޭނުންހުރި މަޢުލޫމާތު ތަކެއްކަން ކުއްޖާއަށް ވިސްނެއެވެ. މިގޮތުން މިތިއަރީގެ ޕްރިންސިޕަލްތަކަށް ބަލާއިރު:
1-      އުނގެނުން މާނަ ހުރި އެއްޗަކަށް ވެގެންދަނީ ކުރިން އެނގިފައިވާ އެއްޗަކާއި ފަހުން ލިބޭ މައުލޫމާތު ގުޅުވާލުމުންނެވެ. މިސާލަކަށް: ތިމާވެށީގެ ޢިލްމު މި މާއްދާ ކިޔަވައިދޭ ގަޑިއެއްގައި އިންޓަރނަލް އޯގަންސްއާއި އެކްސްޓާރނަލް އޯގަންސް ކިޔަވައިދޭން ފުރަތަމަ ފެށުމުގެ ކުރިންވެސް ކުދިންނަށް ހަށިގަނޑުގައި ހުންނަ އެކި އޯގަންސްތައް އެނގޭނއެވެ. މިސާލަކަށް ހިތާއި، ފުއްޕާމޭ، ނޭފަތް  އަދި ކަންފަތް މިބައިތައް އެނގެއެވެ. މިއީ ކުރިން އެނގިފައިވާ މައުލޫމަތު ނުވަތަ ގިވަން އިންފޮމޭޝަންއެވެ. ނަމަވެސް މި އޯގަންސްތައް ދެބަޔަށް ބެހޭ ކަމާއި، މިދެބައިގެ ތެރެއިން ހަށިގަނޑުގެ އެތެރޭގައި ހުންނަ އޯގަންސްތަކަށް ކިޔަނީ އިންޓަރނަލް ކަމާއި ބޭރުން ފެންނަން ހުންނަ އޯގަންސްތަކަށް ކިޔަނީ އެކްސްޓަރނަލްކަން ދަސްކޮށްދެވެނީ ކްލާހުގައި މުދައްރިސް ދެއްވާ މަޢުލޫމާތުންނެވެ. މިއީ ކުރިން ލިބިފައިވާ މަޢުލޫމާތުގެ އެތެރެއަށް އިތުރުވާ އާ މަޢުލޫމާތު ނުވަތަ ނިއު އިންފޮމޭޝަނެވެ. ވުމާއެކު މިގޮތަށް މަޢުލޫމާތު ގުޅިގެން ދިއުމުން އުނގެނުމަށް ފަހިވެގެންދެއެވެ.
2-      ދަރިވަރުންގެ ސިކުޑީގެ ތަފާތު މަސައްކަތްތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން.
މިއީ ދަރިވަރުންގެ ސިކުޑި މަސައްކަތް ކުރާ ގޮތަށް ދެނެގަނެ އެގޮތަށް ކިޔަވައިދިނުމެވެ.  މިގޮތުން ފާހަގަކޮށްލެވެނީ:
-          ސިލެކްޓިވް ޕާރސެޕްޝަން (ޚާއްސަކޮށްލެވި ގުޅުވަލެވޭ ފާހަގަކޮށްލެވުން)
-          އިލަބަރޭޝަން އާއި އޮގަނައިޒޭޝަން (މަޢުލޫމާތު ދޭހަކޮށް ތަރުތީބުކުރުން)
-           ކޮމްޕައިލޭޝަން (މަޢުލޫމަތު ބޭނުންކުރާނެ ތަފާތުގޮތްގޮތް ޕްރޮސީޖަނަލް މެމޮރީގައި ހަރުލެއްވުން)
3-      ވަރކިންގ މެމޮރީއަށް ހަޖަމްވާ މިންވަރަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން. މިސާލަކަށް ސިކުޑިއަކީވެސް ވަކިވަރަކަށް މަސައްކަތް ކުރާ ބައެކެވެ. އެއަށްވެސް ވަކިވަރަކަށްވުރެ ބުރަ ބޮޑުވެއްޖިއްޔާ ކޮންމވެސް އެއްބަެއް ދޫކޮށްލަނެއެވެ. ވުމާއެކު މުދައްރިސް ކިޔަވައިދޭއިރު އެއްފަހަރާ ބައިވަރު މަޢުލޫމާތު އޮއްސާލުމުގެ ބަދަލުގައި ކުއްޖާގެ ސިކުޑިއަށް ބަރު ނުވާނެފަދައިން އެކުއްޖާއަށް ރަނގަޅަށް ވިސްނޭފަދަ މަދު މަޢުލޫމާތު ދެމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.

4-     ވަކި ކަމަކަށް އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ކިޔެވުން ހެދުން. މިސާލަކަށް އެކި މާއްދާއާއި ގުޅިގެން ލިބޭ މަޢުލޫމާތަކީ ތިމާމެންގެ އަމިއްލަ ދިރިއުޅުމުގައިވެސް ބޭނުން ކުރެވޭނެ މަޢުލޫމާތުކަން ދަރިވަރުންނަށް ވިސްނައިދީ އުނގަންނައިދިނުމުގައި ދަރިވަރުންނަށް ވިސްނޭފަދަ ގޮތަށް ވަކި ވަކި ކަންކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުން.

Wednesday, February 26, 2014

ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި ކޮގްނިޓިވް ލަރނިންގ ތިއަރީގައިވާ ބައެއް ތަފާތުތައް

އުނގެނުމަކީ މީހާގެ ޢިލްމަށް ނުވަތަ ސްލޫކަށް ބަދަލު ގެނުވާ ކަމެއް ކަމުގައި ގިނަ ސައިކޮލޮޖިސްޓުން އެއްބަސްވެއެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ޢިލްމަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅައެވެ. އަދި އަނެއް ބަޔަކު ސުލޫކަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅުއްވައެވެ. ވުމާއެކު  މިތިއަރީތަކަށް ބަލައިލާއިރު ބިހޭވިއަރަލް ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ނަހަދާ ކުލާހަށްއައި ކުދިން ފިލާވަޅު ނިންމުމަށް މަޑުކުރުވުމުން ކުރިއަށް އޮތް ގަޑިތަކުގައި އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި އެކަމުގެ ރެސްޕޮންސްއެއްގެ ގޮތުން ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. ވުމާއެކު މިގޮތަށް މިކަންކުރުމުގައި ދަރިވަރުން ލައްވާ ގޮތްތަކެއް ކަނޑައެޅުން ވަރަށް މުހިންމެވެ. ދަރިވަރުންގެ ޚިޔާލު ހޯދައިގެން، އެކުދިން ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަމާއި،ފޮތް ނުގެންނަމަ ދޭނީ ކޮންކަހަލަ އަދަބެއް ކަމާއި،  މިފަދަކަންކަން މުދައްރިސްގެ އެހީއާއިއެކު ދަރިވަރުން ލައްވާ ނިންމުވާނީއެވެ. މިފަދަ ކަންތައް މުދައްރިސް ކްލާހަށް ދާ ފުރަތަމަ ދުވަހު ނިންމާ ކިޔަވައިދޭން ފެށުމުގެކުރިން ކުލާސްތެރޭ ކުދިންނަށް ފެންނާނެ ގޮތަށް  ހަރުކުރާނީއެވެ. މިގޮތަށް މިކަންކުރުމުން އަދަބު ދިނުމުން ކުއްޖާ މުދައްރިސްދެކެ ރުޅިނައިސް އެކުދިން އަމިއްލައަށް ލިބުނު އަދަބެއްގެ ގޮތުގައި އެކަން ދެކުމުން، މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ، ކުއްޖާ ކުރި ކުށަށް އަދަބު ލިބިގެން ދާނެއެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓްން ދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި މިގޮތަށް ކަންތައް ކުރެވިގެންދިއުމާއެކު މިރެސްޕޯސް ކުދިންގެ ކިބައިން ހޯދުމަށް ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ބިހޭވިއަރަލް ލަރނިންގ ތިއަރީގައިވާ ވަރުގަދަ ޕޮއިންޓްތަކަށް ބަލައިލާއިރު، ދަރިވަރުން ލައްވާ ޢަމަލީގޮތުން ކަންތައްތައް ކުރުވުމުން ގިނަދުވަހު ހަނދާނުގައި ހަރުލާހުރުމާއި،  މާޙައުލުން ނުވަތަ މުޖުތަމަޢުން ކުއްޖާއަށް ކުރާ އެދެވޭ އަސަރު ފާހަގަކުރެވެއެވެ. ނަމަވެސް މިތިއަރީގެ ބަލިކަށި ކަމެއްގެ ގޮތުގައި    މާޙައުލުން ކުއްޖާއަށް ކޮންމެވެސްވަރަކަށް ނޭދެވޭ އަސަރުފޯރުމާއި، ދަރިވަރުން ޢަމަލީތަޖުރިބާއެއް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ ކަންތައް ކުރުމުގައި ކުދިންނަށް ދަތިތަކާ ކުރިމަތިވުން ހިމެނެއެވެ. ބިހޭވިއަރަލް ލާރނިންގ ތިއަރީގައި ބީ އެފް ސްކިނަރ ތަޢާރަފު ކޮށްފައިވާ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ (ސީކުއެންސް) ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ (އެންޓިޑިސިޑެންޓްސް) ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ. އެހެންކަމުން މި ތިއަރީގެ އެހީގައި ސްކޫލާއި ކްލާސްރޫމުގައި ދިމާވާ އެކިއެކި ކަންކަން ބަލާ ދިރާސާކޮށް ދަރިވަރުންގެ އުނގެނުމާއި ސުލޫކަށް އެންމެ އެދެވޭގޮތެއްގައި ބަދަލުގެނައުމަށް މަސައްކަތް ކުރެވޭނެއެވެ.
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. ަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާގޮތަކަށް ފިލާވަޅު ރާވާ، ސްކީމް ރޭވުމުގައިވެސް މިގޮތަށް ފިލާވަޅު ކުރިއަށް ގެންދެވޭގޮތަށް ސްކީމްގައި ކަނޑައަޅާފައި ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން އެ ފިލާވަޅުތައް ގިން ދުވަހަށް ހަދާން ހުންނަ ގޮތަށް ވާހަކަ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ. މިގޮތުން  އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެކުދިނަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ހަރުދަނާ ކެރޭ، ހީވާގި ކުދިންތަކެއް މުދައްރިސުންނަށް އުފެއްދޭނެއެވެ.
        ކޮންސްޓްރަކްޓިވިޒަމް ތިއަރީއަށް ބަލައިލުމުން މިތިއަރީގައިވާ ވަރުގަދަ ނޫނީ ރަނގަޅު ކަންތަކަށް ބަލައިލާއިރު މިތިއަރީގެ އެހީގައި ދަރިވަރުންގެ ވިސްނުންތޫނުވެ، ކުރިއެރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. މިގޮތުން ބަލާއިރު
ދަރިވަރުން ދަސްކުރަނީ ހަމައެކަނި ކުލާހުގައި ނޫންކަމާއި އެއްޗެއް ދަސްވުމުގައި ކުރިންލިބިފައިވާ މަޢުލޫމާތާ ގުޅުވައިގެން މުޅީން އާއެއްޗިހި އުފައްދާކަން މުދައްރިސުން އަބަދުވެސް ދެނެގަންނަންޖެހެއެވެ. ކުލާހުގައި ދެވޭމަސައްކަތްތައް ރާވާއިރުވެސް ވިސްނޫންތޫނު ދަރިވަރުންނާއި ތޫނުފިލިކަން ނުހުންނަ ދަރިވަރުންނަށްވެސް އަމާޒްކޮށް މަސައްކަތް ދިނުމަކީ ހުރިހާ ދަރިވަރުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭނެ ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ.
 ބަނޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ކުއްޖާގެ ސުލޫކަށް ބަދަލުގެނުވައެވެ. ވުމާއެކު ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަންވާނެއެވެ. މުޖުތަމަޢުގެތެރެއިންނާއި، މާޙަޢުލުން ކުއްޖާއަށް ފޯރާފާނެ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއްގޮތަކީ ސެލްފް ރެގިއުލޭޝަންއެވެ. މީގެސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ލަޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި އިހުސާސްތައް އަދި ސުލޫކު ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދެވޭނެއެވެ. އަދިހަމައެހެންމެ އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި ކިޔެވުމުގެ ޢަޒުމު އަށަގެންނެވުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.
ޖުމުލަގޮތެއްގައި ދަންނަވަންޖެހެނީ  އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް މަތީގައި ފާހަގަ ކުރެވިގެނ ބައިތަކަކީ ދަރިވަރުންގެ އުނގެނުމުގައި ކިޔަވައިދޭ މުދައްރިސެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމުގައި ގެންގުޅޭ އ ގެންގުޅޭނެ ފަލްސަފާތަކެވެ. މިގޮތުން ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ ބިނާކުރީ ދަސްކުރުމުގެ ތިޔަރީ ތަކަށެވެ. ސަބަބަކީ މިތިއަރީތަކުގެ އެހީގައި ދަރިވަރުންނަކީ ހަރުދަނާ، ޤާބިލް، މުޖުތަމަޢުގައި ބޭނުން ހިފޭ، ހޭލުންތެރި، ތަޖުރިބާތަކެއް ލިބިފައިވާ ދަރިވަރުންގެ ގޮތުގައި ވެގެންދިއުމެވެ. 

Tuesday, February 25, 2014

ބިހޭވިއަރަލް ލަރނިންގ ތިއަރީ (މިތިއަރީ ކުރިއަރުވާފައިވަނީ ބީ. އެފް. ސްކިނަރ އާއި އިވާން ޕަވްލަރ)

·        އޮޕެރަންޓް ކަންޑިޝަނިން: ބީ. އެފް ސްކިނަރ 1953

·    ކްލެސިކަލް ކޮންޑިޝަނިންގ: އިވާން ޕަވްލަރ 1920
އުގެނުމުގައި ކުއްޖާގެ އުޅުމަށް ބަދަލު އަންނަ އެންމެ ބޮޑު ރޯލެއް އަދާކުރާ ފަރާތަކީ ކުއްޖާ އުޅެ ބޮޑުވާ މާޙައުލުން ދަސްވާ ދަސްވުމެވެ. މިގޮތުން އުނގެނުމާއި ބެހޭ ގޮތުން ދިރާސާތައް ކުރައްވާފައިވާ ދިރާސާވެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބިހޭވިއަރަލް ލަރިންނގ ތިއަރީގެ ދެބޭފުޅުންގެ ބުނުއްވުންތަކަށް ބަލައިލާނަމެވެ.

 ބީ. އެފް ސްކިނަރގެ ނަޒަރިއްޔާތު
http://4.bp.blogspot.com/-yPeiqJVn6ag/UUGoCqLzaYI/AAAAAAAAAAY/Nd085firNyk/s1600/b+f.jpgއެއްޗެއް ދަސްކުރުމުން ނުވަތަ އެނގުމުން ކުއްޖާގެ އުޅުމަށް ބަދަލު އާދެއެވެ. މިއީ ހަމައެކަނި ކުދިންނަށް ދިމާވާ ކަމެއް ނޫނެވެ. ބޮޑެތި މީހުންނަށް އެމީހަކަށް ނޭނގޭ އެއްޗެއް ދަސްވުމުން އެމީހަކު ކުރިން ކުރި ކަންތަކަށް ނުވަތަ އުޅުނު އުޅުމަށް ބަދަލު އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ބީ. އެފް ސްކިނަރ (1957) ހާމަކުރައްވާފައިވާގޮތުގައި  ބަސް ދަސްކުރުމަކީ ކުއްޖާގެ އުޅުމަށް އަންނަ ބަދަލެކެވެ. އޭނާ ވިދާޅުވާގޮތުގައި، ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދެވިދާނެ އެވެ. މިގޮތަށް ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް ގެންގުޅެވިދާނެ ސްޓިމިއުލަސް -ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
 މިގޮތަށް ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް ގެންގުޅެވިދާނެ ސްޓިމިއުލަސް - –ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
މިސާލަކަށް މީދަލެއް ބާއްވާފައި އޮންނަ ކޮށީގައިވާ ބޮތްކެއް (ސްޓިމިއުލަސް) ދިއްލުނީމާ، މީދާ ދުވެފައިގޮސް ކޮށީގައިވާ ފަތިކޮޅަށް އޮއްބާލީމާ (ރެސްޕޯންސް) ކާއެތި ކޮޅެއް (ރީއިންފޯސްމަންޓް) އެސޮރުގެ ފައިކައިރިއަށްއަށް ވެއްޓެއެވެ. ދެތިން ފަހަރަކު މިގޮތަށް މިކާއެތިކޮޅު ލިބުމުން، ބޮކިދިއްލޭ އިރަށް ފަތިކޮޅަށް އޮއްބާލަން މީދަލަށް ދަސްވެ އެވެ. އަދި މިގޮތަށް މިކަން ކުރަމުން ދިއުމުން މީދަލަށް މިގޮތަށް މިކަން ކުރުމަށް އާދަވެއެވެ. މިގޮތަށް މީދާ އުޅުމަށް އަންނަ ބަދަލު ދައްކައިދިނުމަކީ ބިހޭވިއަރިޒަމް ނަޒަރިއްޔާތެވެ. 
http://3.bp.blogspot.com/-0XC-0qnGwkw/UUGnx02cqHI/AAAAAAAAAAQ/k9HR9KGn0Jo/s200/images+(2).jpg
ބިހޭވިއަރިޒަމް ނަޒަރިއްޔާތުގެ އެއް ބާނީ ކަމަށްވާ ބީ. އެފް ސްކިނަރ ޤަބޫލް ކުރައްވާގޮތުގައި، ކޮންޑިޝަންކުރުމުގެ މިތިއަރީ އިންސާނުންނަށް އެމީހުންގެ  މާދަރީބަސް ދަސްކުރުމުގައިވެސް ބޭނުން ކުރެވިދާނެ އެވެ. މިގޮތުން ސްކިނަރގެ ނަޒަރުގައި، ބަހެއްދަސްކުރުމަކީވެސް އިންސާނާގެ އުޅުމަށް އަންނަ ބަދަލެކެވެ. 
މިސާލަކަށް ކުއްޖާ، އޭނާ އުޅެބޮޑުވާ މާޙައުލުން އިވޭއަޑުތައް ނުވަތަ ލަފުޒުތައް ތަކުރާރުކޮށްފާނެއެވެ. މިގޮތަށް ތަކުރާރުކުރުމުން ބޮޑެތި މީހުން އެކުއްޖާ ލެއްވި އަޑު ނުވަތަ ބަސް ބޮޑެތި މީހުން ކިޔާ ގޮތާއި އެއްގޮތްވުމުން އެކަމަށް ތަރުހީބު ދީފާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ކުއްޖާ  ތަރުޙީބުގެ ބޭނުމުގައި މިލަފުޒު ނުވަތަ އަޑު ނުވަތަ ބަސް ތަކުރާރު ކުރަމުން ގޮސް އެލަފުޒަށް ނުވަތަ އެބަހަށް ކުއްޖާ އަހުލުވެރިވެއެވެ. މިގޮތުން ކުއްޖާގެ މިއުޅުން ބައްޓަން (ކޮންޑިޝަން) ކުރެވެއެވެ. ބޮޑެތިމީހުން ކިޔާގޮތާއި ތަފާތު ނުހުންނަ ވަރަށް ވައްތަރު ވަންދެނެވެ.
މަތީގައި ފާހަގަކުރެވުނު ފަދައިން، ސްކިނަރ ޤަބޫލް ކުރައްވާގޮތުގައި، ބަސްދަސްކުރުމަކީ، ކުއްޖާގެ އުޅުމަށް ގެންނަބަދަލެކެވެ. ކުއްޖާއަށް ހިތްވަރުދީ ތަރުހީބު ލިބެމުން ދާނަމަ، ކުއްޖާއަށް މިބީދައިން ބަސްބޭނުންކުރަން ދަސްވެއެވެ. ނަތީޖާއެއްގެ ގޮތުން މިއުޅުން (ބިހޭވިއަރ) ކުއްޖާއަށް އާދަވެއެވެ. އަދިހަމައެހެންމެ ކުއްޖާއަށް ބަސްބޭނުންކުރާގޮތް ދަސްވެ، އެކަމަށް އަހުލުވެރިވެއެވެ.
ވުމާއެކު ބަސްކިޔަވައި ދިނުމުގައި މިނަޒަރިއްޔާގެ ބޭނުން ހިފިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ކްލާހުގައި ކުއްޖާ ރަނގަޅަށް ލަފުޒު ކިޔުމުން، ތަރުހީބުދީ ހެދުމުން އެކުދިން ބަސް ތަކުރާރުކުރާނެއެވެ. މިގޮތުން، ލަފުޒުތަކާއި ޖުމްލަތައް ތަކުރާރު ކުރުމުން ކުއްޖާއަށް އެލަފުޒު ނުވަތަ ބަސް ދަސްވާނެއެވެ. މިފަދަގޮތްތަކަކީ މިހާރުވެސް ކްލާސްރޫމްތަކުގައި މުދައްރިސުން ބޭނުން ކުރަމުންދާ ގޮތްތަކެކެވެ. އަނގަބަހުން ޕްރެކްޓިސް ކުރެވޭބަހުގެ ލަފުޒުތަކާއި ޖުމްލަތައް ދަރިވަރުން ލައްވާ މުދައްރިސުން ތަކުރާރުކުރުވައެވެ. މިގޮތަށް ދަރިވަރުންވެސް މުދައްރިސްގެ އަޑުދަށުން ތަކުރާރު ކުރެއެވެ. އަދި މުދައްރިސުންގެ ތަރުޙީބާއެކު އިތުރަށް ޕްރެކްޓިސްކުރެއެވެ. އެހެންކަމުން ދަރިވަރުންނަށް އެފަދަ ލަފުޒުތަކާއި ޖުމްލަތައް ބޮޑެތިމީހުންނާ އެއްގޮތަށް ކިޔަން ދަސްވެއެވެ. މިގޮތަށް މިކަން ނާސަރީ ކުލާސްތަކުން ސާނަވީ އަދި މަތީ ސާނަވީ އާއި ހަމައަށްވެސް ކުރެވެމުންދެއެވެ. ވުމާއެކު ބީ. އެފް ސްކިނަރގެ މި ނަޒަރިއްޔާތަކީ އަޅުގަނޑުމެން ކިޔަވައި ދިނުމުގައި ކްލާސް ރޫމުތަކުގައި މިހާރުވެސް ބޭނުން ކުރެވޭ ނަޒަރިއްޔާތެކެވެ. އެހެންކަމުން މިގޮތަށް ކަންޑިޝަން ކޮށްގެން ބަސް ދަސްކޮށް ދެވިދާނެއެވެ.
References
 T.L. Smith. (1994). Behavior and Its Causes: Philosophical Foundations of Operant Psychology
Skinner, B. F. (1948). 'Superstition' in the pigeonJournal of Experimental Psychology, 38, 168-172.
Paul Naou.(2008) E.O. Wilson and B.F. Skinner: university of chichago USA :library of congress