Wednesday, February 26, 2014

ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި ކޮގްނިޓިވް ލަރނިންގ ތިއަރީގައިވާ ބައެއް ތަފާތުތައް

އުނގެނުމަކީ މީހާގެ ޢިލްމަށް ނުވަތަ ސްލޫކަށް ބަދަލު ގެނުވާ ކަމެއް ކަމުގައި ގިނަ ސައިކޮލޮޖިސްޓުން އެއްބަސްވެއެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ޢިލްމަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅައެވެ. އަދި އަނެއް ބަޔަކު ސުލޫކަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅުއްވައެވެ. ވުމާއެކު  މިތިއަރީތަކަށް ބަލައިލާއިރު ބިހޭވިއަރަލް ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ނަހަދާ ކުލާހަށްއައި ކުދިން ފިލާވަޅު ނިންމުމަށް މަޑުކުރުވުމުން ކުރިއަށް އޮތް ގަޑިތަކުގައި އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި އެކަމުގެ ރެސްޕޮންސްއެއްގެ ގޮތުން ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. ވުމާއެކު މިގޮތަށް މިކަންކުރުމުގައި ދަރިވަރުން ލައްވާ ގޮތްތަކެއް ކަނޑައެޅުން ވަރަށް މުހިންމެވެ. ދަރިވަރުންގެ ޚިޔާލު ހޯދައިގެން، އެކުދިން ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަމާއި،ފޮތް ނުގެންނަމަ ދޭނީ ކޮންކަހަލަ އަދަބެއް ކަމާއި،  މިފަދަކަންކަން މުދައްރިސްގެ އެހީއާއިއެކު ދަރިވަރުން ލައްވާ ނިންމުވާނީއެވެ. މިފަދަ ކަންތައް މުދައްރިސް ކްލާހަށް ދާ ފުރަތަމަ ދުވަހު ނިންމާ ކިޔަވައިދޭން ފެށުމުގެކުރިން ކުލާސްތެރޭ ކުދިންނަށް ފެންނާނެ ގޮތަށް  ހަރުކުރާނީއެވެ. މިގޮތަށް މިކަންކުރުމުން އަދަބު ދިނުމުން ކުއްޖާ މުދައްރިސްދެކެ ރުޅިނައިސް އެކުދިން އަމިއްލައަށް ލިބުނު އަދަބެއްގެ ގޮތުގައި އެކަން ދެކުމުން، މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ، ކުއްޖާ ކުރި ކުށަށް އަދަބު ލިބިގެން ދާނެއެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓްން ދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި މިގޮތަށް ކަންތައް ކުރެވިގެންދިއުމާއެކު މިރެސްޕޯސް ކުދިންގެ ކިބައިން ހޯދުމަށް ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ބިހޭވިއަރަލް ލަރނިންގ ތިއަރީގައިވާ ވަރުގަދަ ޕޮއިންޓްތަކަށް ބަލައިލާއިރު، ދަރިވަރުން ލައްވާ ޢަމަލީގޮތުން ކަންތައްތައް ކުރުވުމުން ގިނަދުވަހު ހަނދާނުގައި ހަރުލާހުރުމާއި،  މާޙައުލުން ނުވަތަ މުޖުތަމަޢުން ކުއްޖާއަށް ކުރާ އެދެވޭ އަސަރު ފާހަގަކުރެވެއެވެ. ނަމަވެސް މިތިއަރީގެ ބަލިކަށި ކަމެއްގެ ގޮތުގައި    މާޙައުލުން ކުއްޖާއަށް ކޮންމެވެސްވަރަކަށް ނޭދެވޭ އަސަރުފޯރުމާއި، ދަރިވަރުން ޢަމަލީތަޖުރިބާއެއް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ ކަންތައް ކުރުމުގައި ކުދިންނަށް ދަތިތަކާ ކުރިމަތިވުން ހިމެނެއެވެ. ބިހޭވިއަރަލް ލާރނިންގ ތިއަރީގައި ބީ އެފް ސްކިނަރ ތަޢާރަފު ކޮށްފައިވާ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ (ސީކުއެންސް) ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ (އެންޓިޑިސިޑެންޓްސް) ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ. އެހެންކަމުން މި ތިއަރީގެ އެހީގައި ސްކޫލާއި ކްލާސްރޫމުގައި ދިމާވާ އެކިއެކި ކަންކަން ބަލާ ދިރާސާކޮށް ދަރިވަރުންގެ އުނގެނުމާއި ސުލޫކަށް އެންމެ އެދެވޭގޮތެއްގައި ބަދަލުގެނައުމަށް މަސައްކަތް ކުރެވޭނެއެވެ.
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. ަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާގޮތަކަށް ފިލާވަޅު ރާވާ، ސްކީމް ރޭވުމުގައިވެސް މިގޮތަށް ފިލާވަޅު ކުރިއަށް ގެންދެވޭގޮތަށް ސްކީމްގައި ކަނޑައަޅާފައި ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން އެ ފިލާވަޅުތައް ގިން ދުވަހަށް ހަދާން ހުންނަ ގޮތަށް ވާހަކަ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ. މިގޮތުން  އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެކުދިނަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ހަރުދަނާ ކެރޭ، ހީވާގި ކުދިންތަކެއް މުދައްރިސުންނަށް އުފެއްދޭނެއެވެ.
        ކޮންސްޓްރަކްޓިވިޒަމް ތިއަރީއަށް ބަލައިލުމުން މިތިއަރީގައިވާ ވަރުގަދަ ނޫނީ ރަނގަޅު ކަންތަކަށް ބަލައިލާއިރު މިތިއަރީގެ އެހީގައި ދަރިވަރުންގެ ވިސްނުންތޫނުވެ، ކުރިއެރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. މިގޮތުން ބަލާއިރު
ދަރިވަރުން ދަސްކުރަނީ ހަމައެކަނި ކުލާހުގައި ނޫންކަމާއި އެއްޗެއް ދަސްވުމުގައި ކުރިންލިބިފައިވާ މަޢުލޫމާތާ ގުޅުވައިގެން މުޅީން އާއެއްޗިހި އުފައްދާކަން މުދައްރިސުން އަބަދުވެސް ދެނެގަންނަންޖެހެއެވެ. ކުލާހުގައި ދެވޭމަސައްކަތްތައް ރާވާއިރުވެސް ވިސްނޫންތޫނު ދަރިވަރުންނާއި ތޫނުފިލިކަން ނުހުންނަ ދަރިވަރުންނަށްވެސް އަމާޒްކޮށް މަސައްކަތް ދިނުމަކީ ހުރިހާ ދަރިވަރުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭނެ ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ.
 ބަނޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ކުއްޖާގެ ސުލޫކަށް ބަދަލުގެނުވައެވެ. ވުމާއެކު ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަންވާނެއެވެ. މުޖުތަމަޢުގެތެރެއިންނާއި، މާޙަޢުލުން ކުއްޖާއަށް ފޯރާފާނެ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއްގޮތަކީ ސެލްފް ރެގިއުލޭޝަންއެވެ. މީގެސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ލަޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި އިހުސާސްތައް އަދި ސުލޫކު ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދެވޭނެއެވެ. އަދިހަމައެހެންމެ އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި ކިޔެވުމުގެ ޢަޒުމު އަށަގެންނެވުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.
ޖުމުލަގޮތެއްގައި ދަންނަވަންޖެހެނީ  އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް މަތީގައި ފާހަގަ ކުރެވިގެނ ބައިތަކަކީ ދަރިވަރުންގެ އުނގެނުމުގައި ކިޔަވައިދޭ މުދައްރިސެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމުގައި ގެންގުޅޭ އ ގެންގުޅޭނެ ފަލްސަފާތަކެވެ. މިގޮތުން ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ ބިނާކުރީ ދަސްކުރުމުގެ ތިޔަރީ ތަކަށެވެ. ސަބަބަކީ މިތިއަރީތަކުގެ އެހީގައި ދަރިވަރުންނަކީ ހަރުދަނާ، ޤާބިލް، މުޖުތަމަޢުގައި ބޭނުން ހިފޭ، ހޭލުންތެރި، ތަޖުރިބާތަކެއް ލިބިފައިވާ ދަރިވަރުންގެ ގޮތުގައި ވެގެންދިއުމެވެ. 

Tuesday, February 25, 2014

ބިހޭވިއަރަލް ލަރނިންގ ތިއަރީ (މިތިއަރީ ކުރިއަރުވާފައިވަނީ ބީ. އެފް. ސްކިނަރ އާއި އިވާން ޕަވްލަރ)

·        އޮޕެރަންޓް ކަންޑިޝަނިން: ބީ. އެފް ސްކިނަރ 1953

·    ކްލެސިކަލް ކޮންޑިޝަނިންގ: އިވާން ޕަވްލަރ 1920
އުގެނުމުގައި ކުއްޖާގެ އުޅުމަށް ބަދަލު އަންނަ އެންމެ ބޮޑު ރޯލެއް އަދާކުރާ ފަރާތަކީ ކުއްޖާ އުޅެ ބޮޑުވާ މާޙައުލުން ދަސްވާ ދަސްވުމެވެ. މިގޮތުން އުނގެނުމާއި ބެހޭ ގޮތުން ދިރާސާތައް ކުރައްވާފައިވާ ދިރާސާވެރިންގެ ތެރޭގައި ފާހަގަ ކޮށްލެވޭ ބިހޭވިއަރަލް ލަރިންނގ ތިއަރީގެ ދެބޭފުޅުންގެ ބުނުއްވުންތަކަށް ބަލައިލާނަމެވެ.

 ބީ. އެފް ސްކިނަރގެ ނަޒަރިއްޔާތު
http://4.bp.blogspot.com/-yPeiqJVn6ag/UUGoCqLzaYI/AAAAAAAAAAY/Nd085firNyk/s1600/b+f.jpgއެއްޗެއް ދަސްކުރުމުން ނުވަތަ އެނގުމުން ކުއްޖާގެ އުޅުމަށް ބަދަލު އާދެއެވެ. މިއީ ހަމައެކަނި ކުދިންނަށް ދިމާވާ ކަމެއް ނޫނެވެ. ބޮޑެތި މީހުންނަށް އެމީހަކަށް ނޭނގޭ އެއްޗެއް ދަސްވުމުން އެމީހަކު ކުރިން ކުރި ކަންތަކަށް ނުވަތަ އުޅުނު އުޅުމަށް ބަދަލު އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން ބީ. އެފް ސްކިނަރ (1957) ހާމަކުރައްވާފައިވާގޮތުގައި  ބަސް ދަސްކުރުމަކީ ކުއްޖާގެ އުޅުމަށް އަންނަ ބަދަލެކެވެ. އޭނާ ވިދާޅުވާގޮތުގައި، ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދެވިދާނެ އެވެ. މިގޮތަށް ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް ގެންގުޅެވިދާނެ ސްޓިމިއުލަސް -ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
 މިގޮތަށް ކޮންޑިޝަން ކޮށްގެން ބަސް ދަސްކޮށްދިނުމުގެ ޚިޔާލު ގުޅިފައިވަނީ، ޖަނަވާރެއް ވަކިގޮތަކަށް ހޭނުވުމަށް ގެންގުޅެވިދާނެ ސްޓިމިއުލަސް - –ރެސްޕޯންސް - ރީއިންފޯސްމަންޓް އުޞޫލާ އެވެ.
މިސާލަކަށް މީދަލެއް ބާއްވާފައި އޮންނަ ކޮށީގައިވާ ބޮތްކެއް (ސްޓިމިއުލަސް) ދިއްލުނީމާ، މީދާ ދުވެފައިގޮސް ކޮށީގައިވާ ފަތިކޮޅަށް އޮއްބާލީމާ (ރެސްޕޯންސް) ކާއެތި ކޮޅެއް (ރީއިންފޯސްމަންޓް) އެސޮރުގެ ފައިކައިރިއަށްއަށް ވެއްޓެއެވެ. ދެތިން ފަހަރަކު މިގޮތަށް މިކާއެތިކޮޅު ލިބުމުން، ބޮކިދިއްލޭ އިރަށް ފަތިކޮޅަށް އޮއްބާލަން މީދަލަށް ދަސްވެ އެވެ. އަދި މިގޮތަށް މިކަން ކުރަމުން ދިއުމުން މީދަލަށް މިގޮތަށް މިކަން ކުރުމަށް އާދަވެއެވެ. މިގޮތަށް މީދާ އުޅުމަށް އަންނަ ބަދަލު ދައްކައިދިނުމަކީ ބިހޭވިއަރިޒަމް ނަޒަރިއްޔާތެވެ. 
http://3.bp.blogspot.com/-0XC-0qnGwkw/UUGnx02cqHI/AAAAAAAAAAQ/k9HR9KGn0Jo/s200/images+(2).jpg
ބިހޭވިއަރިޒަމް ނަޒަރިއްޔާތުގެ އެއް ބާނީ ކަމަށްވާ ބީ. އެފް ސްކިނަރ ޤަބޫލް ކުރައްވާގޮތުގައި، ކޮންޑިޝަންކުރުމުގެ މިތިއަރީ އިންސާނުންނަށް އެމީހުންގެ  މާދަރީބަސް ދަސްކުރުމުގައިވެސް ބޭނުން ކުރެވިދާނެ އެވެ. މިގޮތުން ސްކިނަރގެ ނަޒަރުގައި، ބަހެއްދަސްކުރުމަކީވެސް އިންސާނާގެ އުޅުމަށް އަންނަ ބަދަލެކެވެ. 
މިސާލަކަށް ކުއްޖާ، އޭނާ އުޅެބޮޑުވާ މާޙައުލުން އިވޭއަޑުތައް ނުވަތަ ލަފުޒުތައް ތަކުރާރުކޮށްފާނެއެވެ. މިގޮތަށް ތަކުރާރުކުރުމުން ބޮޑެތި މީހުން އެކުއްޖާ ލެއްވި އަޑު ނުވަތަ ބަސް ބޮޑެތި މީހުން ކިޔާ ގޮތާއި އެއްގޮތްވުމުން އެކަމަށް ތަރުހީބު ދީފާނެއެވެ. މިކަމުގެ ނަތީޖާއެއްގެ ގޮތުން އިތުރަށް ކުއްޖާ  ތަރުޙީބުގެ ބޭނުމުގައި މިލަފުޒު ނުވަތަ އަޑު ނުވަތަ ބަސް ތަކުރާރު ކުރަމުން ގޮސް އެލަފުޒަށް ނުވަތަ އެބަހަށް ކުއްޖާ އަހުލުވެރިވެއެވެ. މިގޮތުން ކުއްޖާގެ މިއުޅުން ބައްޓަން (ކޮންޑިޝަން) ކުރެވެއެވެ. ބޮޑެތިމީހުން ކިޔާގޮތާއި ތަފާތު ނުހުންނަ ވަރަށް ވައްތަރު ވަންދެނެވެ.
މަތީގައި ފާހަގަކުރެވުނު ފަދައިން، ސްކިނަރ ޤަބޫލް ކުރައްވާގޮތުގައި، ބަސްދަސްކުރުމަކީ، ކުއްޖާގެ އުޅުމަށް ގެންނަބަދަލެކެވެ. ކުއްޖާއަށް ހިތްވަރުދީ ތަރުހީބު ލިބެމުން ދާނަމަ، ކުއްޖާއަށް މިބީދައިން ބަސްބޭނުންކުރަން ދަސްވެއެވެ. ނަތީޖާއެއްގެ ގޮތުން މިއުޅުން (ބިހޭވިއަރ) ކުއްޖާއަށް އާދަވެއެވެ. އަދިހަމައެހެންމެ ކުއްޖާއަށް ބަސްބޭނުންކުރާގޮތް ދަސްވެ، އެކަމަށް އަހުލުވެރިވެއެވެ.
ވުމާއެކު ބަސްކިޔަވައި ދިނުމުގައި މިނަޒަރިއްޔާގެ ބޭނުން ހިފިދާނެ ކަމަށް ޤަބޫލުކުރެވެއެވެ. ކްލާހުގައި ކުއްޖާ ރަނގަޅަށް ލަފުޒު ކިޔުމުން، ތަރުހީބުދީ ހެދުމުން އެކުދިން ބަސް ތަކުރާރުކުރާނެއެވެ. މިގޮތުން، ލަފުޒުތަކާއި ޖުމްލަތައް ތަކުރާރު ކުރުމުން ކުއްޖާއަށް އެލަފުޒު ނުވަތަ ބަސް ދަސްވާނެއެވެ. މިފަދަގޮތްތަކަކީ މިހާރުވެސް ކްލާސްރޫމްތަކުގައި މުދައްރިސުން ބޭނުން ކުރަމުންދާ ގޮތްތަކެކެވެ. އަނގަބަހުން ޕްރެކްޓިސް ކުރެވޭބަހުގެ ލަފުޒުތަކާއި ޖުމްލަތައް ދަރިވަރުން ލައްވާ މުދައްރިސުން ތަކުރާރުކުރުވައެވެ. މިގޮތަށް ދަރިވަރުންވެސް މުދައްރިސްގެ އަޑުދަށުން ތަކުރާރު ކުރެއެވެ. އަދި މުދައްރިސުންގެ ތަރުޙީބާއެކު އިތުރަށް ޕްރެކްޓިސްކުރެއެވެ. އެހެންކަމުން ދަރިވަރުންނަށް އެފަދަ ލަފުޒުތަކާއި ޖުމްލަތައް ބޮޑެތިމީހުންނާ އެއްގޮތަށް ކިޔަން ދަސްވެއެވެ. މިގޮތަށް މިކަން ނާސަރީ ކުލާސްތަކުން ސާނަވީ އަދި މަތީ ސާނަވީ އާއި ހަމައަށްވެސް ކުރެވެމުންދެއެވެ. ވުމާއެކު ބީ. އެފް ސްކިނަރގެ މި ނަޒަރިއްޔާތަކީ އަޅުގަނޑުމެން ކިޔަވައި ދިނުމުގައި ކްލާސް ރޫމުތަކުގައި މިހާރުވެސް ބޭނުން ކުރެވޭ ނަޒަރިއްޔާތެކެވެ. އެހެންކަމުން މިގޮތަށް ކަންޑިޝަން ކޮށްގެން ބަސް ދަސްކޮށް ދެވިދާނެއެވެ.
References
 T.L. Smith. (1994). Behavior and Its Causes: Philosophical Foundations of Operant Psychology
Skinner, B. F. (1948). 'Superstition' in the pigeonJournal of Experimental Psychology, 38, 168-172.
Paul Naou.(2008) E.O. Wilson and B.F. Skinner: university of chichago USA :library of congress