ކޮގްނިޓިވް ލަރނިންގ ތިއަރީގެ ޕްރިންސިޕަލްތަކަށް
ވިސްނައިގެން ކިޔަވައިދިނުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތުން މިތިއަރީގެ
ޕްރިންސިޕަލްތަކުގެ އަލީގައި ކިޔަވައިދިނުމުން އުނގެނުމަކީ މާނަ ހުރި އެއްޗަކަށް
ވެގެންދެއެއެވެ. އެއީ ބޭނުންހުރި މަޢުލޫމާތު ތަކެއްކަން ކުއްޖާއަށް ވިސްނެއެވެ.
މިގޮތުން މިތިއަރީގެ ޕްރިންސިޕަލްތަކަށް ބަލާއިރު:
1-
އުނގެނުން މާނަ ހުރި
އެއްޗަކަށް ވެގެންދަނީ ކުރިން އެނގިފައިވާ އެއްޗަކާއި ފަހުން ލިބޭ މައުލޫމާތު
ގުޅުވާލުމުންނެވެ. މިސާލަކަށް: ތިމާވެށީގެ ޢިލްމު މި މާއްދާ ކިޔަވައިދޭ
ގަޑިއެއްގައި އިންޓަރނަލް އޯގަންސްއާއި އެކްސްޓާރނަލް އޯގަންސް ކިޔަވައިދޭން
ފުރަތަމަ ފެށުމުގެ ކުރިންވެސް ކުދިންނަށް ހަށިގަނޑުގައި ހުންނަ އެކި އޯގަންސްތައް އެނގޭނއެވެ.
މިސާލަކަށް ހިތާއި، ފުއްޕާމޭ، ނޭފަތް އަދި
ކަންފަތް މިބައިތައް އެނގެއެވެ. މިއީ ކުރިން އެނގިފައިވާ މައުލޫމަތު ނުވަތަ ގިވަން
އިންފޮމޭޝަންއެވެ. ނަމަވެސް މި އޯގަންސްތައް ދެބަޔަށް ބެހޭ ކަމާއި، މިދެބައިގެ
ތެރެއިން ހަށިގަނޑުގެ އެތެރޭގައި ހުންނަ އޯގަންސްތަކަށް ކިޔަނީ އިންޓަރނަލް ކަމާއި
ބޭރުން ފެންނަން ހުންނަ އޯގަންސްތަކަށް ކިޔަނީ އެކްސްޓަރނަލްކަން ދަސްކޮށްދެވެނީ
ކްލާހުގައި މުދައްރިސް ދެއްވާ މަޢުލޫމާތުންނެވެ. މިއީ ކުރިން ލިބިފައިވާ
މަޢުލޫމާތުގެ އެތެރެއަށް އިތުރުވާ އާ މަޢުލޫމާތު ނުވަތަ ނިއު އިންފޮމޭޝަނެވެ.
ވުމާއެކު މިގޮތަށް މަޢުލޫމާތު ގުޅިގެން ދިއުމުން އުނގެނުމަށް ފަހިވެގެންދެއެވެ.
2-
ދަރިވަރުންގެ ސިކުޑީގެ
ތަފާތު މަސައްކަތްތަކަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން.
މިއީ ދަރިވަރުންގެ
ސިކުޑި މަސައްކަތް ކުރާ ގޮތަށް ދެނެގަނެ އެގޮތަށް ކިޔަވައިދިނުމެވެ. މިގޮތުން ފާހަގަކޮށްލެވެނީ:
-
ސިލެކްޓިވް ޕާރސެޕްޝަން
(ޚާއްސަކޮށްލެވި ގުޅުވަލެވޭ ފާހަގަކޮށްލެވުން)
-
އިލަބަރޭޝަން އާއި
އޮގަނައިޒޭޝަން (މަޢުލޫމާތު ދޭހަކޮށް ތަރުތީބުކުރުން)
-
ކޮމްޕައިލޭޝަން (މަޢުލޫމަތު ބޭނުންކުރާނެ
ތަފާތުގޮތްގޮތް ޕްރޮސީޖަނަލް މެމޮރީގައި ހަރުލެއްވުން)
3-
ވަރކިންގ މެމޮރީއަށް
ހަޖަމްވާ މިންވަރަށް ރިޢާޔަތްކޮށްގެން ކިޔަވައިދިނުން. މިސާލަކަށް ސިކުޑިއަކީވެސް
ވަކިވަރަކަށް މަސައްކަތް ކުރާ ބައެކެވެ. އެއަށްވެސް ވަކިވަރަކަށްވުރެ ބުރަ
ބޮޑުވެއްޖިއްޔާ ކޮންމވެސް އެއްބަެއް ދޫކޮށްލަނެއެވެ. ވުމާއެކު މުދައްރިސް
ކިޔަވައިދޭއިރު އެއްފަހަރާ ބައިވަރު މަޢުލޫމާތު އޮއްސާލުމުގެ ބަދަލުގައި ކުއްޖާގެ
ސިކުޑިއަށް ބަރު ނުވާނެފަދައިން އެކުއްޖާއަށް ރަނގަޅަށް ވިސްނޭފަދަ މަދު
މަޢުލޫމާތު ދެމުން ގެންދިއުމަކީ ވަރަށް މުހިންމު ކަމެކެވެ.
4-
ވަކި ކަމަކަށް
އަމާޒުކޮށްގެން ކުރެވޭ ކަމަކަށް ކިޔެވުން ހެދުން. މިސާލަކަށް އެކި މާއްދާއާއި
ގުޅިގެން ލިބޭ މަޢުލޫމާތަކީ ތިމާމެންގެ އަމިއްލަ ދިރިއުޅުމުގައިވެސް ބޭނުން
ކުރެވޭނެ މަޢުލޫމާތުކަން ދަރިވަރުންނަށް ވިސްނައިދީ އުނގަންނައިދިނުމުގައި
ދަރިވަރުންނަށް ވިސްނޭފަދަ ގޮތަށް ވަކި ވަކި ކަންކަމަށް އަމާޒުކޮށްގެން ކުރިއަށް
ގެންދިއުން.
No comments:
Post a Comment