Wednesday, February 26, 2014

ބިހޭވިއަރަލް ލަރނިންގ ތިއަރީ އާއި ކޮގްނިޓިވް ލަރނިންގ ތިއަރީގައިވާ ބައެއް ތަފާތުތައް

އުނގެނުމަކީ މީހާގެ ޢިލްމަށް ނުވަތަ ސްލޫކަށް ބަދަލު ގެނުވާ ކަމެއް ކަމުގައި ގިނަ ސައިކޮލޮޖިސްޓުން އެއްބަސްވެއެވެ. އެހެންނަމަވެސް ބައެއް ބޭފުޅުން ޢިލްމަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅައެވެ. އަދި އަނެއް ބަޔަކު ސުލޫކަށް ބަދަލު ގެނައުމުގެ ބަޔަށް ބޮޑަށް ބާރުއަޅުއްވައެވެ. ވުމާއެކު  މިތިއަރީތަކަށް ބަލައިލާއިރު ބިހޭވިއަރަލް ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ނަހަދާ ކުލާހަށްއައި ކުދިން ފިލާވަޅު ނިންމުމަށް މަޑުކުރުވުމުން ކުރިއަށް އޮތް ގަޑިތަކުގައި އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި އެކަމުގެ ރެސްޕޮންސްއެއްގެ ގޮތުން ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. ވުމާއެކު މިގޮތަށް މިކަންކުރުމުގައި ދަރިވަރުން ލައްވާ ގޮތްތަކެއް ކަނޑައެޅުން ވަރަށް މުހިންމެވެ. ދަރިވަރުންގެ ޚިޔާލު ހޯދައިގެން، އެކުދިން ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަމާއި،ފޮތް ނުގެންނަމަ ދޭނީ ކޮންކަހަލަ އަދަބެއް ކަމާއި،  މިފަދަކަންކަން މުދައްރިސްގެ އެހީއާއިއެކު ދަރިވަރުން ލައްވާ ނިންމުވާނީއެވެ. މިފަދަ ކަންތައް މުދައްރިސް ކްލާހަށް ދާ ފުރަތަމަ ދުވަހު ނިންމާ ކިޔަވައިދޭން ފެށުމުގެކުރިން ކުލާސްތެރޭ ކުދިންނަށް ފެންނާނެ ގޮތަށް  ހަރުކުރާނީއެވެ. މިގޮތަށް މިކަންކުރުމުން އަދަބު ދިނުމުން ކުއްޖާ މުދައްރިސްދެކެ ރުޅިނައިސް އެކުދިން އަމިއްލައަށް ލިބުނު އަދަބެއްގެ ގޮތުގައި އެކަން ދެކުމުން، މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ، ކުއްޖާ ކުރި ކުށަށް އަދަބު ލިބިގެން ދާނެއެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓްން ދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި މިގޮތަށް ކަންތައް ކުރެވިގެންދިއުމާއެކު މިރެސްޕޯސް ކުދިންގެ ކިބައިން ހޯދުމަށް ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ބިހޭވިއަރަލް ލަރނިންގ ތިއަރީގައިވާ ވަރުގަދަ ޕޮއިންޓްތަކަށް ބަލައިލާއިރު، ދަރިވަރުން ލައްވާ ޢަމަލީގޮތުން ކަންތައްތައް ކުރުވުމުން ގިނަދުވަހު ހަނދާނުގައި ހަރުލާހުރުމާއި،  މާޙައުލުން ނުވަތަ މުޖުތަމަޢުން ކުއްޖާއަށް ކުރާ އެދެވޭ އަސަރު ފާހަގަކުރެވެއެވެ. ނަމަވެސް މިތިއަރީގެ ބަލިކަށި ކަމެއްގެ ގޮތުގައި    މާޙައުލުން ކުއްޖާއަށް ކޮންމެވެސްވަރަކަށް ނޭދެވޭ އަސަރުފޯރުމާއި، ދަރިވަރުން ޢަމަލީތަޖުރިބާއެއް ކުރަންޖެހިއްޖެ ހިނދެއްގައި އެފަދަ ކަންތައް ކުރުމުގައި ކުދިންނަށް ދަތިތަކާ ކުރިމަތިވުން ހިމެނެއެވެ. ބިހޭވިއަރަލް ލާރނިންގ ތިއަރީގައި ބީ އެފް ސްކިނަރ ތަޢާރަފު ކޮށްފައިވާ "އޮޕަރަންޓް ކޮންޑިޝަނިންގ" މި މަފުހޫމުގައި ވާ ގޮތުން، އުނގެނުން ބިނާވެފައި ވަނީ އެކަމަށް އަސަރުކުރުވާ ކަމެއްގެ ނަތީޖާއެއްގެ (ސީކުއެންސް) ސަބަބުންނާއި، އެކަމަށް އަސަރުކުރުވާ ކަންތައްތަކެއްގެ (އެންޓިޑިސިޑެންޓްސް) ސަބަބުންނެވެ. އެގޮތުން، އުނގެނުމަށް އަސަރުކުރުވާ ކަންތައްތަކުގެ ތެރޭގައި ތަރުހީބު ދިނުމާއި (ވަކިކަހަލަ ބިހޭވިއަރއެއް އިތުރުވުމަށް ނެގެޓިވް އަދި ޕޮޒިޓިވް ރެއިންފޯސްމެންޓް ދިނުމާއި)، އަދަބު ދިނުން (ވަކިކަހަލަ ބިހޭވިއަރއެއް ދަށްކުރުމަށް ޕޮޒިޓިވް އަދި ނެގެޓިވް ޕަނިޝްމަންޓް ދިނުން) ހިމެނެއެވެ. އެހެންކަމުން މި ތިއަރީގެ އެހީގައި ސްކޫލާއި ކްލާސްރޫމުގައި ދިމާވާ އެކިއެކި ކަންކަން ބަލާ ދިރާސާކޮށް ދަރިވަރުންގެ އުނގެނުމާއި ސުލޫކަށް އެންމެ އެދެވޭގޮތެއްގައި ބަދަލުގެނައުމަށް މަސައްކަތް ކުރެވޭނެއެވެ.
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. ަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާގޮތަކަށް ފިލާވަޅު ރާވާ، ސްކީމް ރޭވުމުގައިވެސް މިގޮތަށް ފިލާވަޅު ކުރިއަށް ގެންދެވޭގޮތަށް ސްކީމްގައި ކަނޑައަޅާފައި ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން އެ ފިލާވަޅުތައް ގިން ދުވަހަށް ހަދާން ހުންނަ ގޮތަށް ވާހަކަ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ. މިގޮތުން  އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެކުދިނަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ހަރުދަނާ ކެރޭ، ހީވާގި ކުދިންތަކެއް މުދައްރިސުންނަށް އުފެއްދޭނެއެވެ.
        ކޮންސްޓްރަކްޓިވިޒަމް ތިއަރީއަށް ބަލައިލުމުން މިތިއަރީގައިވާ ވަރުގަދަ ނޫނީ ރަނގަޅު ކަންތަކަށް ބަލައިލާއިރު މިތިއަރީގެ އެހީގައި ދަރިވަރުންގެ ވިސްނުންތޫނުވެ، ކުރިއެރުމުގެ ފުރުޞަތު ފަހިވެގެންދެއެވެ. މިގޮތުން ބަލާއިރު
ދަރިވަރުން ދަސްކުރަނީ ހަމައެކަނި ކުލާހުގައި ނޫންކަމާއި އެއްޗެއް ދަސްވުމުގައި ކުރިންލިބިފައިވާ މަޢުލޫމާތާ ގުޅުވައިގެން މުޅީން އާއެއްޗިހި އުފައްދާކަން މުދައްރިސުން އަބަދުވެސް ދެނެގަންނަންޖެހެއެވެ. ކުލާހުގައި ދެވޭމަސައްކަތްތައް ރާވާއިރުވެސް ވިސްނޫންތޫނު ދަރިވަރުންނާއި ތޫނުފިލިކަން ނުހުންނަ ދަރިވަރުންނަށްވެސް އަމާޒްކޮށް މަސައްކަތް ދިނުމަކީ ހުރިހާ ދަރިވަރުންގެ ބައިވެރިވުން ފުރިހަމައަށް ލިބޭނެ ގޮތެއްކަމުގައި އަޅުގަނޑު ދެކެމެވެ.
 ބަނޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ކުއްޖާގެ ސުލޫކަށް ބަދަލުގެނުވައެވެ. ވުމާއެކު ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަންވާނެއެވެ. މުޖުތަމަޢުގެތެރެއިންނާއި، މާޙަޢުލުން ކުއްޖާއަށް ފޯރާފާނެ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއްގޮތަކީ ސެލްފް ރެގިއުލޭޝަންއެވެ. މީގެސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ލަޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި އިހުސާސްތައް އަދި ސުލޫކު ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދެވޭނެއެވެ. އަދިހަމައެހެންމެ އުނގެނުމުގެ ތަފާތު ހުނަރުތަކާއި އަމިއްލަ ނަފުސު ކޮންޓްރޯލު ކުރުމުގެ ޤާބިލުކަންލިބި، އެކުދިންގެ ކިބައިގައި ކިޔެވުމުގެ ހުނަރާއި ކިޔެވުމުގެ ޢަޒުމު އަށަގެންނެވުމަށް މަސައްކަތް ކުރެވިގެންދާނެއެވެ.
ޖުމުލަގޮތެއްގައި ދަންނަވަންޖެހެނީ  އަމިއްލަ ތަޖުރިބާގެ މައްޗަށް ބިނާކޮށް މަތީގައި ފާހަގަ ކުރެވިގެނ ބައިތަކަކީ ދަރިވަރުންގެ އުނގެނުމުގައި ކިޔަވައިދޭ މުދައްރިސެއްގެ ހައިސިއްޔަތުން ކިޔަވައިދިނުމުގައި ގެންގުޅޭ އ ގެންގުޅޭނެ ފަލްސަފާތަކެވެ. މިގޮތުން ކިޔަވައިދިނުމުގައި އަޅުގަނޑު ގެންގުޅޭނެ ފަލްސަފާ ބިނާކުރީ ދަސްކުރުމުގެ ތިޔަރީ ތަކަށެވެ. ސަބަބަކީ މިތިއަރީތަކުގެ އެހީގައި ދަރިވަރުންނަކީ ހަރުދަނާ، ޤާބިލް، މުޖުތަމަޢުގައި ބޭނުން ހިފޭ، ހޭލުންތެރި، ތަޖުރިބާތަކެއް ލިބިފައިވާ ދަރިވަރުންގެ ގޮތުގައި ވެގެންދިއުމެވެ. 

1 comment:

  1. Casino in San Francisco | DrMCD
    This is the first casino in the 강릉 출장샵 San Francisco metro 의왕 출장마사지 area with more than 3,300 slots, 100 table games, 천안 출장샵 a 구리 출장마사지 unique casino, and over 200 dining 공주 출장샵 options.

    ReplyDelete