Saturday, May 10, 2014

ތިޔަރީތަކުގެ އަލީގައި ކިޔަވައިދިނުން

ތިޔަރީތަކުގެ އަލީގައި ކިޔަވައިދިނުމުގައި އަޅުގަނޑު އަމިއްލައަށް ބޭނުންކުރާނެ ފައްސަފާއެއް

އެޑިއުކޭޝަނަލް ސައިކޮލަޖީގެ ތެރެއިން ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ތަފާތު ތިޔަރީތައް މިއަދުމިވަނީ އުނގެނުމާއި އުނގަންނައިދިނުގެ މާހައުލަށް ހުޅުވާލެވިފައެވެ. މިގޮތުން ތަފާތު ތިއަރީތަކުގެ އަލީގައި  ކިޔަވައިދިނުމުގައި ބޭނުންކުރެވިދާނެ ގޮތްތަކެއް އަޅުގަނޑުމެންނަށް ދަސްވެގެން ހިނގައްޖެއެވެ. އެހެންކަމުން މިކަންތައްތަކުގެ އަލީގައި ކިޔަވައިދިނުމުގައި އަޅުގަނޑު އަމިއްލައަށް ބޭނުންކުރާނެ ފައްސަފާއެއް ނުވަތަ ގޮތްތަކުގެ ތެރެއިން ބައެއްކަންތައްތައް މިތަނުގައި ހިމަނާލާނަމެވެ.
 ބިހޭވިއަރަލް ލާރނިންގ ތިއަރީއަކީ ކުއްޖާ އުޅޭ މާހައުލުން، ދަސްކުރާ ފަރާތްތަކަށް ކުރުވާ އަސަރެއްގެ ސަބަބުން ބޭރުފުށުން ހާމަވާދާއިމީ ބަދަލެކެވެ. މިތިއަރީގެ މައިގަނޑު އަސާސަކީ ސްޓިމިއުލަރ ބިހޭވިއަރ އަދި ރެސްޕޮންސެވެ. މިސާލަކަށް ފިލާވަޅު ނަހަދާ ކުލާހަށްއައި ކުދިން ފިލާވަޅު ނިންމުމަށް މަޑުކުރުވުމުން ކުރިއަށް އޮތް ގަޑިތަކުގައި އެދަރިވަރާއި ދެންތިބި ކުދިން އެކަމުން ސަލާމަތްވުމަށްޓަކައި އެކަމުގެ ރެސްޕޮންސްއެއްގެ ގޮތުން ފިލާވަޅުހެދުމަށް ސަމާލުކަންދޭނެއެވެ. ވުމާއެކު މިގޮތަށް މިކަންކުރުމުގައި ދަރިވަރުން ލައްވާ ގޮތްތަކެއް ކަނޑައެޅުން ވަރަށް މުހިންމެވެ. ދަރިވަރުންގެ ޚިޔާލު ހޯދައިގެން، އެކުދިން ފިލާވަޅު ނުނިންމާނަމަ ދޭނީ ކޮންކަހަލަ އަދަބެއްކަމާއި،ފޮތް ނުގެންނަމަ ދޭނީ ކޮންކަހަލަ އަދަބެއް ކަމާއި،  މިފަދަކަންކަން މުދައްރިސްގެ އެހީއާއިއެކު ދަރިވަރުން ލައްވާ ނިންމުވާނީއެވެ. މިފަދަ ކަންތައް މުދައްރިސް ކްލާހަށް ދާ ފުރަތަމަ ދުވަހު ނިންމާ ކިޔަވައިދޭން ފެށުމުގެކުރިން ކުލާސްތެރޭ ކުދިންނަށް ފެންނާނެ ގޮތަށް  ހަރުކުރާނީއެވެ. މިގޮތަށް މިކަންކުރުމުން އަދަބު ދިނުމުން ކުއްޖާ މުދައްރިސްދެކެ ރުޅިނައިސް އެކުދިން އަމިއްލައަށް ލިބުނު އަދަބެއްގެ ގޮތުގައި އެކަން ދެކުމުން، މުދައްރިސާއި ދަރިވަރާއި ދެމެދުގައި އޮންނަ ގުޅުމަށް ބުރޫ ނާރާ، ކުއްޖާ ކުރި ކުށަށް އަދަބު ލިބިގެން ދާނެއެވެ. މިގޮތުން ޕޮޒިޓިވް ރިއެންފޯސްމަންޓާއި ނެގެޓިވި ރިއެންފޯސްމަންޓާއި ފޮޒިޓިވް ޕަނިޝްމަންޓާއި ނެގެޓިވް ޕަނިޝްމަންޓްން ދޭންޖެހޭ ހާލަތެއް ދިމާވެއްޖެނަމަ އެހާލަތުގައި މިގޮތަށް ކަންތައް ކުރެވިގެންދިއުމާއެކު މިރެސްޕޯސް ކުދިންގެ ކިބައިން ހޯދުމަށް ކިޔަވައިދިނުމުގައި ތަރުޙީބު ދިނުމަށާއި އަދަބު ދިނުމަށް ސަމާލުކަން ދިނުން މުހިންމެވެ.
ކޮގްނިޓިވް ލާރނިންގ ތިއަރީގެ ތިއަރިސްޓުން ހާމަކުރާގޮތުގައި މި ތިއަރީގައި އުނގެނުން ބިނާވަނީ ކުރިން އެނގިފައިވާ އެއްޗެއްގެ މައްޗަށް އަލަށް ދެނެގަނެވޭ އެއްޗެއް ގުޅުވައިލެވިގެންނެވެ. ަދި މި ގުޅުވައިލެވޭ ގުޅުވައިލުން އޭނާގެ ވިސްނުމަށާއި ސްލޫކަށްވެސް ބަދަލު ގެނުވާކަމަށް ވެއެވެ. އެހެންކަމުން މަޢުލޫމާތު އަބަދުވެސް ތާޒާކޮށް ބެހެއްޓުމަށްޓަކައި އުނގަންނައިދެމުން ދާއިރު، ދަރިވަރުންނަށް ކުރިން އެނގިފައިވާ ބައިތަކާއި އަލަށް އެނގެމުންދާ ބައިތައް ގުޅުވަން ހިތްވަރު ދިނުމަކީ މުހިއްމު ކަމެކެވެ. އެގޮތުން، ކޮންމެ ދުވަހެއްގެވެސް ފިލާވަޅުގައި ކުރީ ގަޑީގެ ފިލާވަޅާބެހޭގޮތުން ސުވާލު ކުރެވޭނެއެވެ. އަދި އެއް ފިލާވަޅު އަނެއް ފިލާވަޅާ ގުޅިގެން ދާގޮތަކަށް ފިލާވަޅު ރާވާ، ސްކީމް ރޭވުމުގައިވެސް މިގޮތަށް ފިލާވަޅު ކުރިއަށް ގެންދެވޭގޮތަށް ސްކީމްގައި ކަނޑައަޅާފައި ބޭއްވުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. ހަމައެހެންމެ، ދަރިވަރު ކިޔަވާ ބައިތަކާ ބެހޭގޮތުން މަޝްވަރާކޮށް ޢަމަލީ މަސައްކަތްތައް ގިނަގިނައިން ދަރިވަރުން ލައްވާ ކުރުވުމުން އެ ފިލާވަޅުތައް ގިނަ ދުވަހަށް ހަދާން ހުންނަ ގޮތަށް ވާހަކަ ލޯންގް ޓާރމް މެމޮރީގައި ރައްކާކުރުމަށް ދެވޭ ފުރުޞަތަކަށްވެ މިފަދަ ފުރުޞަތުތައް އެންމެ އެކަށޭނަގޮތުގައި ކުދިންނަށް ހޯދައިދެވޭނެއެވެ. މިގޮތުން  އުނގަންނައިދިނުމުގައި ގައިޑެޑް ޑިސްކަވަރީއާއި އިންކުއަރީއާއި ކޯޕަރޭޓިވް ލާރނިންގއާއި ކްލާސްރޫމް ޑިސްކަޝަންތައް ކުރިއަށް ގެންގޮސް އެކުދިނަށް ކަންކަން ތަޖުރިބާ ކުރުމުގެ ފުރުޞަތު ލިބި ހަރުދަނާ ކެރޭ، ހީވާގި ކުދިންތަކެއް މުދައްރިސުންނަށް އުފެއްދޭނެއެވެ.
ބަނޑޫރާގެ ސޯޝަލް ކޮގްނެޓިވް ތިއަރީގައިވާގޮތުން ނަމޫނާ ބަލައިގެން ނުވަތަ މާޙައުލުންލިބިދޭ މަޢުލޫމާތަކުން ކުއްޖާގެ ސުލޫކަށް ބަދަލުގެނުވައެވެ. ވުމާއެކު ކިޔަވައިދިނުމުގައި އަބަދުވެސް ދަރިވަރުންނަށް ނަމޫނާ ދައްކަންވާނެއެވެ. މުޖުތަމަޢުގެތެރެއިންނާއި، މާޙަޢުލުން ކުއްޖާއަށް ފޯރާފާނެ ނޭދެވޭ އަސަރުތަކުން ދުރުހެލި ކުރުވާފަދަގޮތަށް ކިޔަވައިދިނުން ކުރިއަށް ގެންދިއުމަށް ސަމާލުކަން ދެވޭނެއެވެ. އަދިހަމައެހެންމެ ކުދިން އުނގެނޭ އެއްގޮތަކީ ސެލްފް ރެގިއުލޭޝަންއެވެ. މީގެސަބަބުން ދަރިވަރުން ޙާޞިލުކުރަން ބޭނުންވާ ލަޑުދަނޑިއާއި ހަމައަށް ވާޞިލުވުމަށްޓަކައި ވިސްނުމާއި އިހުސާސްތައް އަދި ސުލޫކު ވަކިގޮތަކަށް ބައްޓަން ކުރުމަށް އެހީތެރިވެދެވޭނެއެވެ.
މޯޓިވޭޝަން ތިއަރީއަކީ އުނގަންނައިދިނުމުގައި ވަރަށް މުހިއްމު ތިއަރީއެއް ކަން ފާހަގަ ކުރެވެއެވެ. ސަބަބަކީ، ކޮންމެ ކަމެއްވެސް ކާމިޔާބުވާނީ އެކަމެއް ޝައުޤުވެރިކަމާއެކު ކޮށްގެން ކަމަށްވާތީއެވެ. ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި މި ތިއަރީގެ އަލީގައި ކުދިން ފިލާވަޅުތަކަށް ޝައުޤުވެރި ކުރުމަށް ގިނަ ކަންތައްތަކެއް ކުރެވިދާނެ އެވެ. މިގޮތުން، އުނގެނުމަކީ ކުދިންނަށް މާނަހުރި އެއްޗަކަށް ހެދުމަށްޓަކައި ކުދިންގެ މިޒާޖާ ގުޅޭ ކުދިން ގަޔާވާ ޓާސްކުތަކެއް ދެވިދާނެ އެވެ. އަދި ހުރިހާ ކުދިންނަށް ހަމަހަމަ ވާނެހެން ފުރުޞަތު ދެވިދާނެއެވެ. ހަމައެހެންމެ ކުދިންގެ މަސައްކަތަށް ހިތްވަރުދިނުމަކީ ވެސް ވަރަށް މުހިއްމު ކަމެކެވެ. އަދި ދަރިވަރުންނަށް މިނިވަންކަމާއެކު ޙަރަކާތްތެރިވެވޭނެ މާޙައުލެއް ޤާއިމްކުރުމަކީ ވެސް ވަރަށް މުޙިއްކު ކަމެކެވެ
       ކޮންސްޓްތަކްޓިވިސްޓް ޕާރސްޕެކްޓިވްސް ތިޔަރީ ބުނާގޮތުން  އުނގެނުމަކީ ކުއްޖާ ކިޔެވުމުގެތެރޭގައި ބައިވެރި ކޮށްގެން ނުވަތަ އެކަމުގެ ތެރެއަށް ވައްދައިގެން ކިޔަވައިދިނުމެވެ. މުދައްރިސް ކުދިންނަށް ކަންކުރަންވީ ގޮތުގެ އިރުޝާދު ދެމުން ގެންދާނީއެވެ. އެކަން ކުރާބަޔަކީ ކުދިންކަމުގައި ހަދާނީއެވެ. މިސާލަކަށް: ޕައިޗާޓް ކުރަހަންވީގޮތް މުދައްރިސް ބުނެދިނުމުން ދަރިވަރުން އަމިއްލައަށް ޕައިޗާޓް ކުރަހާނީއެވެ.
     މަތީގައި ބަޔާންކުރެވުނު ތިއަރީތަކަށް ބަލާއިރު މިއިން ކޮންމެ ތިއަރީއަކީވެސް އުނގަންނައިދިނުމުގައި ދަރިވަރުންނަށް ވަރަށް ގިނަގުނަ ފައިދާތަކެއް ލިބިދޭނެ ތިއަރީތަކެކެވެ. ވުމާއެކު އަޅުގަނޑު ކިޔަވައިދިނުމުގެ އުޞޫލުތައް ބިނާކުރާނީ މަތީގައިވާ ތިއަރީތަކަށް ރިޢާޔަތްކޮށް ދަރިވަރުންނަށް އުނގެނުމަށްފަހި މާހައުލެއް ހޯދައިދިނުމަށެވެ.

ރެފަރެންސް
ކެންޑްރާ ޗެރީ .(2014). ތިއަރީޒް އޮފް މޯޓިވޭޝަން. އަބައުޓް ޑޮޓްކޮމް ސައިކޮލޮޖ                              

1 comment:

  1. Play the demo online at Fortuna Casino
    If you like the game, try the 1xbet korean demo here. The game is available on any device, and for players only, the game has a chance 바카라사이트 to deccasino win some prizes. The casino offers a

    ReplyDelete