މޯޓީވޭޝަން
ތިއަރީ
މޯޓިވޭޝަން ނުވަތަ ޝައުގުވެރިކަމަކީ
ކޮންމެ މީހަކު ކޮންމެ ކަމެއް ކުރި ކަމުގައިވެސް ވަރަށް މުހިންމު ކަމެކެވެ.
ޚާއްސަކޮށް އުނގެނުމުގެ ދާއިރާގައި ދަރިވަރުން މޯޓިވޭޓް ކުރުމަކީ ވަރަށް މުހިންމު
ކަމެކެވެ. މިގޮތުން މޯޓީވޭޝަން ނުވަތަ ޝައުގުވެރިކުރުމުގެ މި ނަޒަރިއްޔާތުގައިވަނީ
ސަމާލުކަން ލިބޭފަދަ ޝައުގުވެރިވާނެގޮތަށް އުނގަންނައިދިނުން ބައްޓަން ކުރެވިދާނެ
ގޮތްތަކެކެވެ. އެހެންކަމުން ދެވައްތަރެއްގެ މޯޓިވޭޝަންވެއެވެ. އެއީ:
1-
އިންސްޓްރިންސިކް
މޯޓިވޭޝަން: މިއީ އިންސާނާގެ ހަށިގަނޑުގެ އެތެރޭގެ ބަހާތަކުން މޯޓިވޭޓް ކުރުމެވެ.
މިއީ އިންސާނާ
ހެދިބޮޑުވުމަށްޓަކައި ބޭނުންވާ ބޭނުންވުންތަކާއި އޭނާ ބޭނުންނުވާ ކަންތައް
ފުރިހަމަވުމަށްޓަކައި ބޭނުންވާ ބޭނުންވުންތަކެވެ. ތިމާގެ އަމިއްލަ ނަފްސަށްޓަކައި
ބޭނުންވާ ކަންތައްތަކެވެ. ކެންޑްރާ ޗެރީ (2014) ހާމަކުރައްވާގޮތުގައި މި
މޯޓިވޭޝަންގައި އިންސާނާގެ އުޅުމަށް (ބިހޭވިއަރ) އަށް އަންނަ ބަދަލުތައް
ހިމެނެއެވެ. މިސާކލަކަށް ރުޅި، އުފާ
2-
އެކްސްޓްރިންސިކް
މޯޓިވޭޝަން: ހާލަތާއި ގުޅިފައިވާ މޯޓިވޭޝަން
މިއީ އިނާމެއް ހޯދުމުގެ
ބޭނުމުގައި ނުވަތަ މުދައްރިސުންގެ ރުހުން ހޯދުންފަދަ ނޫނީ އަދަބަކުން ސަލާމަތްވުން
ފަދަ ކަންކަމުގެ ބޭނުމުގައި ކަމަކަށް ބަހައްޓާ ޝައުގުވެރިކަމެކެވެ. މިފަދަ ޝައުގުވެރިކަން އަބަދުވެސް ގުޅިފައިވަނީ
ރިވާރޑަކާއެވެ.
No comments:
Post a Comment